ޕިކަޕްގެ މަސައްކަތެއް ކުރުމަށް، ޕިކަޕް ދަށުގައި އޮތް މީހެއްގެ ގައި މައްޗަށް ޕިކަޕް ވެއްޓި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ދެންމެ ބުނީ ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތެއް ކުރުމަށް، ޕިކަޕް ދަށުގައި އޮތް މީހެއްގެ ގައި މައްޗަށް ޕިކަޕް ވެއްޓިފައިވާ ކަމުގެ މައުލޫމާތު އިއްޔެ 11:05 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހާ މަރުވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. މަރުވެފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަރު
މަރު
މަރު