މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާ، ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ދަންވަރުގެ ވަގުތެއްގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ، އޭޑީކޭ ފަރުވާ ދެމުންދިޔަ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ. މަރުވެފައިވަނީ އައިޝަތު މާހިދާ 26އ އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ދިޔަމިގިލި، އައްސޭރި، މާހު ހަސަން (21) އެވެ. އޭނާއަށް ތުހުމަތުކުރަނީ އެއްގަމު އުޅަނދެއް އެކްސިޑެންޓެއްވުމުގެ ތުހުމަތެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ދެވަނަ ފަހަރަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ 1:50 ހާއިރު ސޯސަން މަގު ސިޓީ ބޭކަރީ ކުރިމަތިން ވޭވް 125 ބްރޭންޑުގެ ކަޅުކުލައިގެ ސައިކަލަކާއި އެކްޒައިޓާ 150 ބްރޭންޑުގެ ސައިކަލެއް ޖެހިގެންނެވެ. އެ ތަނުން ވޭވް ސައިކަލުގައި ތިބީ އަންހެނަކާއި ފިރިހެނެކެވެ. އަނެއް ސައިކަލު ދުއްވަން އިނީ ފިރިހެނެކެވެ.
"އެކްސިޑެންޓު ވި ވަގުތު ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާ ދިޔައީ ވިއްސައިގެން. ބޯ ފަޅައިގެން ގޮސް ވަރަށް ގިނަ ލޭ ފައިބައިފައި ހުރި." މަންޒަރު ދުށް މީހަކު "ވަން" އަށް ބުނެފައިވެއެވެ.
"ވަން"ގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރުވެސް މަގުމަތީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އަދި އެކްސިޑެންޓުވި ދެ ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް