ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި، އޮންލައިންކޮށް ޓިއުޝަންގެ ހިދުމަތްދޭ "ބްރައިޓް މައިންޑްސް" ގެ ވެރިޔާ އަލީ އަފްލަހު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގެ ތުހުމަތަށް 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބްރައިޓް މައިންޑްސްގެ ވެރިޔާ އަފްލަހު އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް