ދޫނިދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި ދޯނީގައި ތިބި 15 މީހުންގެ ތެރެއިން ފަސް މީހަކަށް އެކިވަރުގެ އަނިޔާވެގެން މާލެ ގެނެސް ފަރުވާދޭން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެމީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ތިން ބިދޭސީން ކަމަށެވެ. އެމީހުން މާލެ ގެނެސްފައިވަނީ ކުރުނބާ މޯލްޑިވްސްގެ ލޯންޗެއްގައެވެ.
ފުލުހުން ބުނީ ކުރުނބާ މޯލްޑިވްސް ރިސޯޓު ކައިރިން މަސް ދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 2:54 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ވަނީ މިހާރު އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބުނެފައެވެ.
އާއިޝަތު މާހާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ