ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށްޓަކީ ކެރިއަރުގައި މިހާރު އެންމެ މުހިއްމު ތަށި ކަމަށާއި، އެތަށްޓަށް މަސައްކަތް ކުރަން ވިލިމާލޭގެ ޓީމު އޮތީ ތަފާތު ރޫހެއްގައި ކަމަށް އިސްމާއީލް ވަޖީހު (ވައްޖެ) ބުނެފިއެވެ.
ވިލިމާލެއިން މިފަހަރުވެސް މާލޭގެ ޗެމްޕިއަންކަން ހޯދާފައިވާ އިރު، އެންމެފަހުން ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ދ. ކުޑަހުވަދޫ ބަލިކުރީ ފަސޭހަކަމާއެކުގައެވެ. އެމެޗަށްފަހު ވާހަކަ ދައްކަމުން ވައްޖެ ބުނީ މެޗުގައި ގޭމް ޕްލޭން ދިޔައީ ރަނގަޅަށް ކަމަށެވެ.
"ވަރަށް ހިތްހަމަޖެހިގެން ކުއާޓާ މެޗު މި ނިންމާލީ. ޕްލޭނާ އެއްގޮތަށް މެޗު މިދިޔައީ. އެއީ އިއްޔެ ކޯޗު ކިޔައިދިން ގޮތަށް، ފުރަތަމަ ކޮޅު ހިފަހައްޓާފައި، ކުޑަހުވަދޫ ހިފަހައްޓަން މަސައްކަތް ކުރީ. އެކަން ކުރަން ޖުމައިލް (ޖުމްބެ) އަށް ވަރަށް ބޮޑަށް ފޯކަސް ކޮށްގެން ކުޅުނީ. އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ދެފަޅިއަށް ނައްޓާނެ. އެހެންވީމަ އޭނާ ހިފަހައްޓަން މަސައްކަތް ކުރީ،" ވައްޖެ ބުންޏެވެ.
ވައްޖެ ބުނީ ވިލިމާލޭގެ ފެށުން ގޯސްކޮށް ދިޔަ ނަމަވެސް، ޓީމު މިހާރު އޮތީ ތަފާތު ރޫހެއްގައި ކަމަށެވެ. އޭގެ އެއް ސަބަބަކީ ކެޕްޓަން އަލީ ޝިޔާހް (ޝިޔާ)، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށްފަހު ޓީމާ ގުޅުން ކަމަށެ ވައްޖެ ބުންޏެވެ.
"މިއަހަރު ފެށުނީ ވަރަށް ދަށްދަށްކޮށް. ދެން ވަކި ހިސާބަކުން ކުޅުންތެރިން ޖޮއިންކުރުން އެއީ ހިތްވަރެއް. ހާއްސަކޮށް ޝިޔާ ހަމަ ސާފްގެ ތަށި ނަގައިގެން އައީމަ އެއީ ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް ވި. އެއާއެކު ޓީމުގެ ރޫހު ވަރަށް ރަނގަޅަށް ހިއްލިލާފައި މިއޮތީ. ދެން އެއާއެކު ހަމަ މެޗަކަށްފަހު މެޗަކަށް ވިސްނައި ތަށްޓަށް މި އަމާޒު ހިފީ. މިކުރާ މަސައްކަތް މިގޮތަށް ކޮށްލައިފިއްޔާ މި ފަހަރު މިއީ މިކަން ވާނެ ފަހަރު އިރާދަކުރެއްވިއްޔާ. މިއީ މިހާރު ކެރިއަރުގައި އެންމެ މުހިއްމު ތަށި،" ވައްޖެ ބުންޏެވެ.
ވިލިމާލެއިން މިރޭ ސެމީ ފައިނަލުގައި ގއ. ދެއްވަދޫއާ ދެކޮޅަށް ނުކުންނާނީ 10:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް