ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ ރ. ދުވާފަރުގެ ރަނގަޅު ފޯމުން ފެނިގެން ދަނީ ކުޅުންތެރިން އެކަތި ގަނޑެއްގެގޮތުގައި ކުރާ ބުރަ މަސައްކަތް ކަމަށް ޓީމުގެ ޒުވާން ތަރި އިބްރާހީމް އަނާން އަލީ ބުނެފިއެވެ.
ދުވާފަރަށް މިދިޔަ އަހަރު މުބާރާތުގެ އަތޮޅު ތަށްޓާއި ޒޯން ތަށިވެސް ގެއްލިފައިވާ އިރު، މިފަހަރު މުބާރާތަށް ނުކުމެ، އަލުން އެ ދެޓަށިވެސް އެޓީމުން ހޯދާފައިވެއެވެ. އޭގެ އިތުރުން ގަދަ 16 ގައި އައްޑޫ ހިތަދޫ ކަޓުވާލައި، އެޓީމުން އޮތީ ކުއާޓާ ފައިނަލް ޔަގީން ކޮށްފައެވެ. އެހެންކަމުން އެޓީމަކީ މިފަހަރު ކޮންމެ ޓީމަކަށްވެސް ރަނގަޅު ޗެލެންޖެއް ދޭނެ، ވަރުގަދަ ޓީމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ގަދަ 16 ގެ މެޗަށްފަހު އަނާން ބުނީ ރަނގަޅު ޕްރެކްޓިސްތަކެއް ނުކުރެވުނު ނަމަވެސް، ތަށިތަކާއެކު ހިތްވަރު ލިބުނު ކަމަށެވެ.
"ރަނގަޅު ޕްރެކްޓިސްތަކެއް ނުކޮށް އައީވެސް. ދެން އަތޮޅު ތަށްޓާއި ޒޯން ތަށި ނަގާލެވުނީމަ، އިތުރު ހިތްވަރެއް ލިބުނު. ދެން އެންމެން އެކީގައި މަސައްކަތް ކޮށްގެން މެޗަކަށްފަހު މެޗަކަށް މި ފޯކަސް ކުރަނީ،" އަނާން ބުންޏެވެ.
އަނާން އިތުރަށް ބުނީ ހިތަދުއަކީ ވަރުގަދަ ޓީމެއް ނަމަވެސް، އެ ޗެލެންޖު ކާމިޔާބުކުރީ ޓީމުން ކުރި ތަފާތު ބުރަ މަސައްކަތަކުން ކަމަށެވެ.
"ހިތަދުއަކީ ވަރުގަދަ ޓީމެއް. އެކަމަކު ނަތީޖާއަކީ ޓީމުން ކުރި ބުރަ މަސައްކަތް. ހާއްސަކޮށް އެއްކޮށް، ހުރިހާ ކުޅުންތެރިން 120 ޕަސެންޓް މަސައްކަތް ކޮށްގެން މެޗު ކާމިޔާބުކުރެވުނީ. ފައިޓެއް ދޭން ނުކުމެ، މޮޅުވެވުނީ އިރާދަކުރެއްވީތީ،" އަނާން ފާހަގަކުރިއެވެ.
ދުވާފަރުން ކުއާޓާ ފައިނަލުގައި ނުކުންނާނީ ބ. އޭދަފުއްޓާ ދެކޮޅަށެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް