ސަރުކާރު ހިންގާ، ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނު ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ބާރު "މިސްޔޫސް" ނުކުރައްވާކަން ކަށަވަރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ މެދު ހެންވޭރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރައީސް އެދިވަޑައިގެންނެވި ގޮތަށް ރައްޔިތުން ވަނީ ޕީއެންސީއަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ދީފައި ކަމަށާއި އެހެންކަމުން ރައީސްގެ ވައުދުތަކަށް ރައްޔިތުން އިތުބާރު ކުރި މިންވަރު މަޖިލީހުން ފެނިގެންދިޔަ ކަމަށެވެ.
"މަޖިލިސް ލިބިވަޑައިގެންނެވީމަ އަމަލު ކުރެއްވި ގޮތް، މިއަދު އަޅުގަނޑުމެންނަށް މިވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލައިލާއިރުގަ، އެއްވެސް ކަހަލަ މިސްޔޫސް ކުރުމެއް، ޕަވާ މިސްޔޫސް ކުރުމެއް ނެތްކަން އެނގޭނެ އިންސާފަށް ވިސްނާ ކޮންމެ ބޭފުޅަކަށް. ކޮންމެ ގާނޫނެއް، ކޮންމެ މަސައްކަތެއް ކުރައްވާފައި ހުރީ ރާއްޖޭގެ ސުލްހަ މަސްލަހަތު ގާއިމުކުރަންކަން ތިބޭފުޅުންނަށް ހަމަ ރަނގަޅަށް ހަމަ އިންސާފުގެ ތެރެއިން ބެއްލެއްވިއްޔާ، ވަޒަންކުރެއްވިއްޔާ، ކަށަވަރުވެ ޔަގީންވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އިންސާފު އިސްކޮށް، ވަކި ޕާޓީ ފިކުރަކަށް ނުވިސްނައި، ވިސްނައިފިއްޔާ ކޮންމެ ކަމެއް މިހުރީ ރާއްޖޭގައި އޮތް ސޯޝަލް ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށްކަން، އަދި އެ މައްސަލަތަކަށް ހައްލު ހޯދުމަށް އިގުތިސާދީ ގޮތުން ކާމިޔާބު ރާއްޖެއެއް އިމާރާތް ކުރަންކަން އެނގޭނެ ކަމަށެވެ.
މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ބެލިޔަސް، އެބޭފުޅުންގެ މޫނުމަތިން މާޔޫސްކަމެއް ނުފެންނާނެ ކަމަށާއި އެއީ ރައީސްގެ މެނުއަލް ތަންފީޒުކުރައްވާތީ ކަމަށެވެ. އަދި "ރޫލް ބޭސްޑް" ވެރިކަމެއް ކުރުމުގެ މާނައަކީ އެއީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ މާލެ ސިޓީއަށް ބޭނުންވަނީ ރައީސްގެ މެނުއަލް ތަންފީޒުކުރާނެ ޖޯޝް ހުރި ޓީމެއް ކަމަށާއި ޖޯޝް ހުރި ބޭފުޅަކު މޭޔަރަކަށް ގެންނަންޏާ، އެ ބޭފުޅަކީ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް މޫސާ އަލީ ޖަލީލު ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު