މާލޭގައި އިމާރާތް ކުރާ މަލްޓި ސްޓޯރީ ދެ ޕާކިން ބިލްޑިން އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމޭނެ ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ގްރޭޓާ މާލެ ސަރަހައްދުގެ ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލެ އާއި ވިލިމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގައި ހަތް ޕާކިން ބިލްޑިން ތަރައްގީކުރުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެ އިމާރާތްތަކާއެކު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ހީނާމާގޭ ޕާކިންގައި ހަދާ އިމާރާތް ބަޔަކާ ހަވާލުކޮށް، ކޮންޓްރެކްޓަރުންނާ އެކު އެންމެ ފަހުގެ މައުލޫމާތުތައް ސާފުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
އޭގެ އިތުރުން ދެވަނަ ބިމަކަށް ސޯސަންމަގުގައި ހުންނަ އެމްއެންޔޫއާ ޖެހިގެން އޮތް ބިމުގައި ހަދާ ޕާކިން ބިލްޑިންގެ މަސައްކަތް ހަވާލު ކުރުމަށް ކުރާން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އުންމީދަކީ ވަރަށް އަވަހަށް ކޮންޓްރެކްޓަރާ އެ މަސައްކަތް ވެސް ހަވާލު ކުރުން ކަމަށް ސައީދު ވިދާޅުވިއެވެ.
"މި ދެ ބިލްޑިން ވެސް، ޓާގެޓަކީ އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން ނިންމުން،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޕާކިން މައްސަލަ ހައްލު ކުރުމަށް މިއީ ކުރިން ގެނެވިފައި ނުވާ ބަދަލެއް ކަމަށާއި މިކަމުގެ ސަބަބުން މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އަލީ އަފާފު ރަމީޒު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ކޮމެންޓް