ކ. ތިލަފުށިން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން މިއަދު ހަވީރު ބުނީ ތިލަފުށީ ސައިޓެއްގައި މަސައްކަތްކުރާ ބިދޭސިއަކު މިދިޔަ ހޯމަ ދުވަހުން ފެށިގެން ގެއްލިފައިވާ މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ފުލުހުން މިރޭ ބުނީ ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުންނެވެ.
މަރު
މަރު
މަރު