މެންޗެސްޓާ ސިޓީގެ މުހިންމު ތިން ޑިފެންޑަރަކަށް އަނިޔާވެ، އެޓީމަށް ކުރިމަތިވި މާޔޫސްކަމުން އަރައިގަތުމަށް އިންގްލެންޑްގެ ސެންޓަ ބެކް މާކް ގެއީ ގެންގޮސްފިއެވެ.
ސިޓީން ގެއީ ސޮއިކުރިކަން އިއްޔެ އިއުލާނު ކޮށްފައިވާ އިރު، އެ ޑީލްގެ އަގު ހާމަކޮށްފައެއް ނުވެއެވެ. އުމުރުން 25 އަހަރުގެ ގެއީ ސިޓީއާ ގުޅުނީ ކްރިސްޓަލް ޕެލެސްގެ އެއްބަސްވުމުގައި ބާކީ ހަ މަސް ދުވަސް އޮއްވައެވެ. އިނގިރޭސި މީޑިއާތަކުން ބުނީ ގެއީގެ ސޮއި ސިޓީން ހޯދީ 20 މިލިއަން ޕައުންޑަށް ކަމަށެވެ.
ސިޓީން ސެންޓަ ބެކެއް ގެންގޮސްފައި ވަނީ މުހިންމު ދެ ޑިފެންޑަރުންނަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައި ވަނިކޮށެވެ. ކޯޗު ޕެޕް ގާޑިއޯލާ މިދިޔަ އަންގާރު ދުވަހު ބުނީ ރުބެން ޑިއާޒާއި ޖޮސްކޯ ގްވާޑިއޯލްގެ އަނިޔާވެސް ސީރިއަސް ކަމަށެވެ.
އެގޮތުން ޑިއާޒްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ހަތަރު ނޫނީ ހަ މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށެވެ. އަދި ގްވާޑިއޯލްގެ ކަށިމަތީގައި ރެނދެއް އެޅުމުގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.
އޭގެ އިތުރުން ޖޯނަ ސްޓޯންވެސް އަދި ހުރީ އަނިޔާގައެވެ.
ގެއީއަކީ މިފަހަރު ޖެނުއަރީ ޓްރާންސްފާ ސީޒަނުގައި ސިޓީއަށް ގެންދިޔަ ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެޓީމުން ވަނީ ބޯންމައުތުން އެންޓޮއިން ސެމެންޔޯވެސް ގެންގޮސްފައެވެ.
ގެއީއަކީ މިވަގުތު ލީގުގައި ކުޅެމުންދާ އެންމެ ވަރުގަދަ އެއް ޑިފެންޑަރެވެ. މީގެ ކުރިން ލިވަޕޫލުންވެސް އޭނާ ގެންދަން މަސައްކަތް ކޮށްފައިވާ އިރު، ހަބަރުތައް ބުނީ ބަޔާން މިއުނިކުންވެސް އޭނާއަށް ބަލަމުން ދިޔަ ކަމަށެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ