ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅު ފައިނަލަށް އެ އަތޮޅުގެ އެންމެފަހުގެ ހަ ފަހަރުގެވެސް ޗެމްޕިއަން ނައިވާދުއާއި ނޮޅިވަރަންފަރުން ދަތުރު ކޮށްފިއެވެ.

މިއީ ނޮޅިވަރަންފަރުން އަތޮޅު ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ނައިވާދޫން މިހާތަނަށް ޖުމުލަ ހަތް ފަހަރު އަތޮޅު ތަށި ހޯދާފައިވާ އިރު، އެޓީމުން ރޭ އަތޮޅު ސެމީ ފައިނަލްގައި މިދިޔަ އަހަރުގެ އަތޮޅު ރަނަރަޕް ނޭކުރެންދޫ ބަލިކުރީ 5-2 އިންނެވެ.

އެ މެޗުގައި ނައިވާދޫގެ ގޯލުތައް ޖެހީ، މޮޅަށް ކުޅުނު ޔާމީން މުހައްމަދު (ޔާންޓެ) އާއި މުހައްމަދު އަސްލަމް، އަބްދުﷲ ވިސާމްގެ އިތުރުން ޔޫސުފް ޝާއިފާއި ހުސައިން މައިޝާންއެވެ.

ނޭކުރެންދޫގެ ދެ ގޯލްވެސް ނިމިނިމި އޮއްވައި ކާމިޔާބުކުރީ މުހައްމަދު ވިލްފެވެ.

ނައިވާދޫގެ ގޯލް ޖަހައި އެޓީމުން އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ނޮޅިވަރަންފަރުން ފުރަތަމަ ފަހަރަށް އަތޮޅު ފައިނަލް ޔަގީންކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ފިނޭ ކައިރިން 3-0 އިން މޮޅުވެގެންނެވެ. ނޮޅިވަރަންފަރުގެ ގޯލްތައް ޖެހީ އަކްރަމް އަބްދުލް ރަޝީދާއި މުހައްމަދު ރިޔާޒްގެ އިތުރުން އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިއަދު ހަވީރާއި މިރޭ އޮންނަ މެޗުތައް

16:00 އއ. ހިމަންދޫ - އއ. ބޮޑުފޮޅުދޫ

16:00 އއ. ތޮއްޑޫ - އއ. މާޅޮސް

20:00 ރ. ފައިނު - ރ. ދުވާފަރު

20:00 ރ. އަލިފުށި - ރ. އިނގުރައިދޫ

21:00 ނ. ވެލިދޫ - ނ. ހެނބަދޫ

21:00 ނ. މާޅެންދޫ - ނ. ހޮޅުދޫ

22:00 ހއ. ފިއްލަދޫ - ހއ. މާރަންދޫ (އަތޮޅު ސެމީ ފައިނަލް)

22:00 ހއ. މުރައިދޫ - ހއ. ކެލާ (އަތޮޅު ސެމީ ފައިނަލް)

23:00 ގއ. ކަނޑުހުޅުދޫ - ގއ. ދެއްވަދޫ (އަތޮޅު ފައިނަލް)

23:00 ވ. ކެޔޮދޫ - ވ. ފުލިދޫ