ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގދ. އަތޮޅު ޗެމްޕިއަންކަން ވާދޫން ހޯދައިފިއެވެ.

މިއީ ވާދޫން ގދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ފަސްވަނަ ފަހަރެވެ. އެޓީމުން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް އަތޮޅު ތަށި ހޯދި އިރު، 2022، 2023، 2024ގެ އިތުރުން 2025 އަދި 2026 ގެ ގދ. އަތޮޅު ތަށި ހޯދާފައިވަނީވެސް ވާދޫންނެވެ.

މިއަދު ކުޅުނު ފައިނަލް މެޗުގައި ވާދޫން ނުކުމެފައި ވަނީ މުޅިން އަލަށް އަތޮޅު ފައިނަލްގައި ވާދަކުރި ހޯޑެއްދުއާ ދެކޮޅަށެވެ. ފައިނަލް މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ވާދޫން މެޗު ކާމިޔާބުކުރީ 6-4 އިންނެވެ.

މެޗުގައި ފުރަތަމަ ދެ ގޯލް ޖަހައި ހޯޑެއްދޫން ލީޑުގައި ކުޅެމުން ދަނިކޮށް ވާދޫން މެޗު އަނބުރާލީ ފަހަތުން އަރައެވެ. ހޯޑެއްދޫގެ ގޯލްތައް ޖެހީ އިސްމާއީލް މަމްދޫހާއި މުހައްމަދު އިއުފާފް އަބްދުﷲއެވެ. އޭގެން ކޮންމެ ކުޅުންތެރިޔަކުވެސް މެޗުގައި ދެ ގޯލް ޖެހިއެވެ.

https://web.facebook.com/permalink.php?story_fbid=pfbid0Nk6ZFyoucw3rGakEe6X1xozWG4EnUmMufvLFQZidgoremEbU5R66WAX4NrWayY14l&id=61567318384297&rdid=tvkxi02gV1ccKPMx#

ވާދޫގެ ގޯލްތައް ޖެހީ އަޔާޒް އަހުމަދު (އަޔާ) އާއި މުހައްމަދު ނާއިލްގެ އިތުރުން މުސައްނިފް މުހައްމަދު އަދި ޔަޒްދާން އިބްރާހީމެވެ. އަޔާއާއި ނާއީލް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ވާދޫގެ އަޔާއެވެ. ގދ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޓޮޕް ސްކޯރާގެ މަގާމުވެސް ހޯދީ މުސައްނިފެވެ.