އްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ވ. އަތޮޅު ފައިނަލުގެ ފުރަތަމަ ޖާގަ، ކެޔޮދޫން ޔަގީން ކޮށްފިއެވެ.

ވ. އަތޮޅުގައި ތިން ޓީމަކުން ވާދަކުރަމުންދާ އިރު، އެ އަތޮޅު ފުރަތަމަ ކުޅުނު މެޗުގައި ފުލިދުއާއި ފެލިދޫ ކުޅުނު މެޗު އޮތީ އެއްވަރުވެފައެވެ. ކެޔޮދޫން އިއްޔެ 3-2 އިން ފުލިދޫ ބަލިކޮށްފައިވާ އިރު، ދެން އެ އަތޮޅު ލީގު ބުރުގައި ބާކީ އޮންނާނީ ކެޔޮދުއާއި ފެލިދޫ ވާދަކުރާ މެޗެވެ. ފައިނަލްގެ އަނެއް ޓީމު ޔަގީންވާނީ އެމެޗުގެ ނަތީޖާއިންނެވެ.

ކެޔޮދުއަށް އިއްޔެގެ މެޗުގައި ގޯލްތައް ޖަހައިދިނީ އަރީން އަބްދުﷲ އިބްރާހީމާއި އަޒްޔާން އާދަމް ރަޝީދުގެ އިތުރުން މުހައްމަދު އާލިމެވެ. ފުލިދޫގެ ގޯލްތައް ޖަހައިދިނީ ޝަމްވީލް އަހުމަދާއި މުހައްމަދު އަޔާން ހަލީލެވެ.

ފުލިދުއަށް ލީގު ބުރުގައި ދެން މެޗެއް ނޯންނާނެއެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިއަދު ހަވީރު އޮންނަ މެޗުތައް

16:00 ގދ. ވާދޫ - ގދ. ހޯޑެއްދޫ (އަތޮޅު ފައިނަލް)

16:00 ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ

17:00 ބ. އޭދަފުށި - ބ. ފެހެންދޫ

މިރޭ އޮންނަ މެޗުތައް

20:00 ހދ. ނޮޅިވަރަންފަރު - ހދ. ފިނޭ (އަތޮޅު ސެމީ ފައިނަލް)

20:00 ހދ. ނައިވާދޫ - ހދ. ނޭކުރެންދޫ (އަތޮޅު ސެމީ ފައިނަލް)

21:00 ޅ. ކުރެންދޫ - ޅ. އޮޅުވެލިފުށި

21:00 ޅ. ހިންނަވަރު - ޅ. ނައިފަރު

22:00 ދ. ބިލެއްދޫ - ފ. މަގޫދޫ

22:00 ފ. ނިލަންދޫ - ފ. ދަރަނބޫދޫ

23:00 މ. ދިއްގަރު - މ. ކޮޅުފުށި

23:00 މ. މަޑުއްވަރި - މ. ނާލާފުށި