ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތ. އަތޮޅު ފައިނަލަށް ކިނބިދުއާއި އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށިން ދަތުރު ކޮށްފިއެވެ.
ތ. އަތޮޅުގެ ސެމީ ފައިނަލް ދެމެޗު ރޭ ކުޅެފައިވާ އިރު، ތަފާތު ފޯރިއެއްގައި ފެނުނީ ކިނބިދުއާއި ހިރިލަންދޫ ވާދަކުރި މެޗެވެ. އެމެޗު 3-2 އިން ކިނބިދޫ ކާމިޔާބުކުރީ ފަހުވަގުތު ގޯލް ޖަހައިގެންނެވެ. އަދި ކިނބިދޫން މެޗު އަނބުރާލީ ފަހަތުން އަރައެވެ.
ހިރިލަންދޫން މެޗުގައި ފުރަތަމަ ދެ ގޯލް ޖެހި އިރު، ހިރިލަންދޫގެ ގޯލްތައް ޖެހީ އަހުމަދު ސާއިން ސިއްދީގާއި މުހައްމަދު ޝަމްހާނެވެ. ކިނބިދޫން ފަހަތުން އަރައި ތިން ގޯލް ޖެހި އިރު، އެޓީމުގެ މުހައްމަދު ޝާފިއު ދެ ގޯލް ޖެހިއެވެ. އަދި އަނެއް ގޯލް ޖެހީ މުހައްމަދު ސަހާއު (ބޭލް) އެވެ. ޝާފިއު ފަހު ގޯލް ޖެހީ ހިރިލަންދޫގެ މުހައްމަދު ޝާނަށް ރަތް ކާޑު ދައްކާފައި ވަނިކޮށެވެ.
ތިމަރަފުށިން އެޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓަމުންދާ އިރު، ރޭ ގާދިއްފުށި ބަލިކުރީ 5-1 އިންނެވެ. ތިމަރަފުށީގެ ގޯލްތައް ޖެހީ އިބްރާހީމް ސިނާހް (ސިނާ) އާއި އަބްދުﷲ ތަހުސީން، އިބްރާހީމް އަސްވަދު (ގަބޭ)ގެ އިތުރުން އަބްދުﷲ ޒިޔާނާއި އަހުމަދު އަފްލާޒެވެ. ގާދިއްފުށީގެ ގޯލް ޖެހީ މުހައްމަދު އައިހަމެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މިއަދު ހަވީރު އޮންނަ މެޗުތައް
16:00 ގދ. ވާދޫ - ގދ. ހޯޑެއްދޫ (އަތޮޅު ފައިނަލް)
16:00 ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ
17:00 ބ. އޭދަފުށި - ބ. ފެހެންދޫ
މިރޭ އޮންނަ މެޗުތައް
20:00 ހދ. ނޮޅިވަރަންފަރު - ހދ. ފިނޭ (އަތޮޅު ސެމީ ފައިނަލް)
20:00 ހދ. ނައިވާދޫ - ހދ. ނޭކުރެންދޫ (އަތޮޅު ސެމީ ފައިނަލް)
21:00 ޅ. ކުރެންދޫ - ޅ. އޮޅުވެލިފުށި
21:00 ޅ. ހިންނަވަރު - ޅ. ނައިފަރު
22:00 ދ. ބިލެއްދޫ - ފ. މަގޫދޫ
22:00 ފ. ނިލަންދޫ - ފ. ދަރަނބޫދޫ
23:00 މ. ދިއްގަރު - މ. ކޮޅުފުށި
23:00 މ. މަޑުއްވަރި - މ. ނާލާފުށި
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް