ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އދ. އަތޮޅު ފައިނަލަށް އެންމެފަހުގެ ރަނަރަޕް މަހިބަދޫއާއި އޮމަދޫ ދަތުރު ކޮށްފިއެވެ.
އދ. އަތޮޅުގެވެސް ސެމީ ފައިނަލް ދެމެޗު ރޭ ކުޅެފައިވާ އިރު، ދެމެޗުގެވެސް ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މަހިބަދޫ އެންމެފަހުގެ ޗެމްޕިއަން މަންދުއާ ދެކޮޅަށް ނުކުތް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، މެޗު އޮތީ 2-2 އިން އެއްވަރުވެފައެވެ.
ޕެނަލްޓީއަށް ގޮސް، މަހިބަދޫ 6-4 އިން މެޗު ކާމިޔާބުކުރި އިރު، ތަފާތު ދެއްކި ކީޕަރު އަބްދުﷲ ޔާމީނެވެ. އޭނާ މުހިއްމު ދެ ޕެނަލްޓީއެއް ސޭވްކުރިއެވެ.
މެޗުގައި ފުރަތަމަ މަންދޫން ގޯލް ޖެހި އިރު، އެ ގޯލް ޖެހީ ހަސަން އިރުޝާދެވެ. އޭގެފަހުން މަހިބަދޫން ނަތީޖާ އަނބުރާލީ އިބްރާހީމް ޝާތިރާއި އިސްމާއީލް ނަޒީރެވެ. މަންދޫން އެންމެ ފަހު މިނެޓުގައި މެޗު އެއްވަރުކުރީ ދުރު ޕެނަލްޓީއަކުންނެވެ. އެ ގޯލް ޖަހައިދިނީ އާދަމް އާޒިމެވެ.
މަހިބަދޫގެ ކީޕަރު ޕެނަލްޓީގައި ތަފާތު ދެއްކި އިރު، މަންދުއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އާޒިމާއި އިބްރާހީމް އިމްރާން (އިންމި) އެވެ. މަހިބަދޫން އިބްރާހީމް އުސާމާއާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)ގެ އިތުރުން ޝުއައިދު ސައީދާއި އިބްރާހީމް ޝާތިރު ޕެނަލްޓީ ކާމިޔާބުކުރިއެވެ.
އެ އަތޮޅުގެ އަނެއް ސެމީވެސް ޕެނަލްޓީއަށް ގޮސްފައިވާ އިރު، އެ މެޗު އެއްވަރުވީ 1-1 އިންނެވެ. މެޗުގައި ދަނގެތީގެ ގޯލް ޖެހީ އަހުމަދު ސުދައިސް އަލީއެވެ. އޮމަދޫގެ ގޯލް ޖެހީ އަބްދުﷲ ނިހާނެވެ.
އޮމަދޫގެ ޔޫސުފް ނަވާލާއި އަބްދުﷲ ނާހިލް، އަލީ ޝާޒް ހިލްމީ އަދި އިސްމާއީލް މަހްތޫމް ޕެނަލްޓީ ކާމިޔާބު ކޮށްދިނެވެ. ދަނގެއްޗަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އިހްސާން މަންސޫރާއި ސުދައިސް އަދި މުހައްމަދު ނާއިމެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މިއަދު ހަވީރު އޮންނަ މެޗުތައް
16:00 ގދ. ވާދޫ - ގދ. ހޯޑެއްދޫ (އަތޮޅު ފައިނަލް)
16:00 ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ
17:00 ބ. އޭދަފުށި - ބ. ފެހެންދޫ
މިރޭ އޮންނަ މެޗުތައް
20:00 ހދ. ނޮޅިވަރަންފަރު - ހދ. ފިނޭ (އަތޮޅު ސެމީ ފައިނަލް)
20:00 ހދ. ނައިވާދޫ - ހދ. ނޭކުރެންދޫ (އަތޮޅު ސެމީ ފައިނަލް)
21:00 ޅ. ކުރެންދޫ - ޅ. އޮޅުވެލިފުށި
21:00 ޅ. ހިންނަވަރު - ޅ. ނައިފަރު
22:00 ދ. ބިލެއްދޫ - ފ. މަގޫދޫ
22:00 ފ. ނިލަންދޫ - ފ. ދަރަނބޫދޫ
23:00 މ. ދިއްގަރު - މ. ކޮޅުފުށި
23:00 މ. މަޑުއްވަރި - މ. ނާލާފުށި
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް