ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ލ. އަތޮޅުގެ ފައިނަލަށް ގަމާއި އެންމެފަހުގެ ޗެމްޕިއަން އިސްދޫން ދަތުރު ކޮށްފިއެވެ.
ލ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ރޭ ކުޅެފައިވާ އިރު، ގަމުން ސެމީ ފައިނަލްގައި ވާދަކުރީ މާވަށާ ދެކޮޅަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތް އިރު، މެޗުގައި ގަމުގެ ގޯލް ޖެހީ އަހުމަދު ހަލީމް (އަންމަޑޭ) އެވެ. މާވަށުގެ ގޯލް ޖަހައިދިނީ އަހުމަދު މުހައްމަދެވެ.
މެޗު އެއްވަރުވެގެން ޕެނަލްޓީއަށް ގޮސްފައިވާ އިރު، މާވަށުގެ ތިން ޕެނަލްޓީވެސް ގަމުގެ ކީޕަރު މުހައްމަދު ރަޝީދު (ރަޝިއްޓޭ) މަތަކުރިއެވެ. ގަމުން އަންމަޑޭއާއި އަލީ ޝާމިސް (ތޮއްޕެ)ގެ އިތުރުން މުހައްމަދު ޖިނާހް ވަނީ ޕެނަލްޓީތައް ކާމިޔާބު ކޮށްފައެވެ.
އެއަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން އިސްދޫން ރޭ މުންޑޫ ކައިރިން މޮޅުވީ 6-0 އިންނެވެ. އިސްދޫގެ ލޫތު އަހުމަދު ފަތުހީ ދެ ގޯލް ޖެހި އިރު، އަނެއް ގޯލްތައް ޖެހީ މުހައްމަދު ޝިރުފާން ރަޝީދާއި އަލީ މީސާގް އީސާ، ހޫދު އަހުމަދު ފަތުހީ އަދި އަލީ ހުމޭޒެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މިއަދު ހަވީރު އޮންނަ މެޗުތައް
16:00 ގދ. ވާދޫ - ގދ. ހޯޑެއްދޫ (އަތޮޅު ފައިނަލް)
16:00 ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ
17:00 ބ. އޭދަފުށި - ބ. ފެހެންދޫ
މިރޭ އޮންނަ މެޗުތައް
20:00 ހދ. ނޮޅިވަރަންފަރު - ހދ. ފިނޭ (އަތޮޅު ސެމީ ފައިނަލް)
20:00 ހދ. ނައިވާދޫ - ހދ. ނޭކުރެންދޫ (އަތޮޅު ސެމީ ފައިނަލް)
21:00 ޅ. ކުރެންދޫ - ޅ. އޮޅުވެލިފުށި
21:00 ޅ. ހިންނަވަރު - ޅ. ނައިފަރު
22:00 ދ. ބިލެއްދޫ - ފ. މަގޫދޫ
22:00 ފ. ނިލަންދޫ - ފ. ދަރަނބޫދޫ
23:00 މ. ދިއްގަރު - މ. ކޮޅުފުށި
23:00 މ. މަޑުއްވަރި - މ. ނާލާފުށި
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް