ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ސ. އަތޮޅު ޗެމްޕިއަންކަން ހިތަދޫން ހޯދައިފިއެވެ.

މިއީ ހިތަދޫން އަތޮޅު ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން 2024 ވަނަ އަހަރުވެސް އެޓީމުން އަތޮޅު ޗެމްޕިއަންކަން ހޯދާފައިވެއެވެ.

މިއަދު ކުޅުނު ސ. އަތޮޅު ފައިނަލުގައި ހިތަދޫން ވަނީ 5-2 އިން މަރަދޫ ބަލިކޮށްފައެވެ. ހިތަދޫގެ އަހުމަދު އަމްނު މެޗުގެ ހެޓްރިކް ހެދި އިރު، އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޓޮޕް ސްކޯރާގެ މަގާމު ހޯދި ހާޒިމް ފައުޒީ (ހަތީ) ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.

އައްޑޫގެ ފައިނަލް މެޗުގައި ހިތަދޫން ގޯލް ޖަހައި އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މަރަދޫގެ ގޯލްތައް މެޗުގައި ޖަހައިދިނީ މުހައްމަދު ސަހާއު އަލީއާއި ހަސަން އަތޫފެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިރޭ އޮންނަ މެޗުތައް

20:00 ލ. އިސްދޫ - ލ. މުންޑޫ (އަތޮޅު ސެމީ ފައިނަލް)

20:00 ލ. މާވަށް - ލ. ގަން (އަތޮޅު ސެމީ ފައިނަލް)

21:00 ތ. ތިމަރަފުށި - ތ. ގާދިއްފުށި (އަތޮޅު ސެމީ ފައިނަލް)

21:00 ތ. ކިނބިދޫ - ތ. ހިރިލަންދޫ (އަތޮޅު ސެމީ ފައިނަލް)

22:00 އދ. މަންދޫ - އދ. މަހިބަދޫ (އަތޮޅު ސެމީ ފައިނަލް)

22:00 އދ. ދަނގެތި - އދ. އޮމަދޫ (އަތޮޅު ސެމީ ފައިނަލް)

23:00 ށ. ކަނޑިތީމު - ށ. މިލަންދޫ (އަތޮޅު ސެމީ ފައިނަލް)

23:00 ށ. ފުނަދޫ - ށ. ފީވަށް (އަތޮޅު ސެމީ ފައިނަލް)