އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި އާސެނަލް ކުޅުނު މެޗުތަކުން އެއްވަރުވި އިރު، ޗެލްސީން އަމިއްލަ ދަނޑުގައި ބްރެންޓްފޯޑު ބަލިކޮށްފިއެވެ.
ރޭ ލިވަޕޫލާ ބާންލީއާ އެއްވަރުވީ 1-1 އިންނެވެ. އާސެނަލުން ނޮޓިންހަމް ފޮރެސްޓް ކައިރިން 0-0 އިން އެއްވަރުވި އިރު، ޗެލްސީން ބްރެންޓްފޯޑު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލުން މިވަގުތު އޮތީ ހަތް ޕޮއިންޓްގެ ލީޑެއްގައެވެ. ރޭގެ މެޗުން އެއްވަރުވި ނަމަވެސް، މެންޗެސްޓާ ސިޓީން މެންޗެސްޓާ ޔުނައިޓެޑް ކައިރިން ބަލިވުމުން އާސެނަލަށް ވަނީ ހިތްހަމަ ޖެހުމެއް ލިބިފައެވެ.
ލިވަޕޫލުން ރޭ ހޯދި ޕޮއިންޓާއެކު 22 މެޗުން 36 ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. ޗެލްސީން އާކޯޗާއެކު މޮޅުވުގެ ސިލްސިލާ ދަމަހައްޓަމުންދާ އިރު، އެޓީމު ހަވަނައިގައި އޮތީ 22 މެޗުން 34 ޕޮއިންޓާއެކުގައެވެ.
ލިވަޕޫލުން ކުޅުނު މެޗުގެ 32 ވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީއެއް ލިބުނެވެ. ކޯޑީ ގަކްޕޯއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީގައި ޑޮމިނިކް ޒޮބޮސްލާއީ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ.
އޭގެފަހުން 42 ވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ޖެހި ގޯލުން ލިވަޕޫލުން ލީޑު ނެގި ނަމަވެސް، 65 ވަނަ މިނެޓުގައި މާކަސް އެޑްވާޑް ޖެހި ގޯލުން ބާންލީ އެއްވަރުކުރިއެވެ.
އާސެނަލުން ކުޅުނު މެޗުގައި އެޓީމުގެ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވާ އިރު، އެ ހަމަލާތައް ފެނުނީ ދެވަނަ ހާފުގައެވެ. ބުކަޔޯ ސަކާއާއި ގެބްރިއަލް ޖީސަސްގެ އިތުރުން ގެބްރިއަލް މާޓިނެލީގެ ހަމަލާތައްވެސް މަތަކުރީ ފޮރެސްޓްގ ކީޕަރު މެޓްސް ސެލްޒްއެވެ.
ޗެލްސީން ރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑު ކައިރިން 2-0 އިން މޮޅެއް ހޯދި އިރު، ޗެލްސީގެ ފުރަތަމަ ގޯލް، ޖުއާއޯ ޕެޑްރޯ ޖެހީ 26 ވަނަ މިނެޓުގައެވެ. ވީއޭއާރް ބަލައިގެން ރެފްރީ ނިންމި ނިންމުމާއެކު ޗެލްސީ ލީޑު ނެގި އިރު، ދެވަނަ ހާފުގައި ޗެލްސީން ދެވަނަ ގޯލް ޖެހީ ކޯލް ޕާމާ ޖެހި ގޯލުންނެވެ. އެއީ ޕެނަލްޓީއެއްގައި ޖެހި ގޯލެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު