ތަމްރީނަކަށް ރާއްޖެ އައި އިންޑިއާގެ މަނަވަރެއް ފަރަކަށް އަރައިފިއެވެ.
ފަރަށް އެރި އިންޑިއާގެ އައިސީޖީއެސް ވަޖްރާ މަނަވަރަކީ، ރާއްޖެ އާއި އިންޑިއާ ދެމެދު ކުރިއަށްގެންދާ އެކްސަސައިޒް ދޯސްތީގެ ތަމްރީނަށް ރާއްޖެ އައި މަނަވަރަކެވެ.
އެ މަނަވަރު އަރާފައިވަނީ ކ. ހިންމަފުށި ފަރަށެވެ.
އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މަނަވަރު މިހާރު ފުން ކުރެވިފައިވާ ކަމަށެވެ.
މުހައްމަދު އިޝާން
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
މަނަވަރު ފަރަށް އަރަން ދިމާވި ސަބަބު ހޯދަންޖެހޭ. ރާއްޖެ އަންނަ މަނަވަރުފަހަރު އަންނަނީ ޑިޕްލޮމެޓިކް ކްލިއަރެންސް ލިބިގެން އެހެން ކަމުން މިފަދަ އުޅަނދު ފަހަރަށް ހާއްސަ ބެލުމަކުން ރާއްޖޭގެ ޕޯޓް އޮތޯރިޓީ އަދި ޕައިލޮޓޭޖް ހިދުމަތާއި ވެސަލް ޓްރެފިކް މޮނިޓަރިން ސާރވިސް ދޭ ފަރާތްތަކުން މޮނިޓަރކޮށް ބަލަންޖެހޭ. އުޅަނދު ފަރަށް އެރުމުން ސަލާމަތް ކުރުމަށް ޓަކައި އުޅަނދު މަޑުކޮށް ކޯސް ބަދަލު ކުރުމަށް އިރުޝާދު ދެވުނުނަމަ ފަރުން ސަލާމަތް ކުރެވޭނެ.
މާލިމީސޮރު - 5 މަސް ކުރިން