ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެމްއެންޑީއެފުން އެކްސްގައި މިރޭކުރި ޕޯސްޓެއްގައި ބުނީ ކ. ގަމަރުގިރި ކައިރިން ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.

އެފަހުން ފުލުހުން ބުނީ ދޯނީގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށާއި ދޯނީގައި ތިބި މީހުންނަށް މި ހާދިސާގައި އަނިޔާވެފައިނުވާ ކަމަށެވެ.

އަލިފާން ރޯވި އެ ދޯންޏަކީ ކުނި ބަރުކޮށްގެން ތިލަފުށްޓަށް ދަތުރުކުރި ދޯންޏެކެވެ.