ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ، އަނދަމުންދާތީ، އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން އެކްސްގައި މިރޭކުރި ޕޯސްޓެއްގައި ބުނީ ކ. ގަމަރުގިރި ކައިރިން ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.