ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އައްޑޫ އަތޮޅު، އަތޮޅު ބުރުގައި މަރަދޫން މަރަދޫ ފޭދޫ ބަލިކުރި އިރު، މީދުއާއި ހުޅުމީދޫ ވާދަކުރި މެޗު އެއްވަރުގެން ނިމިއްޖެއެވެ.
އައްޑު އަތޮޅުންވެސް ޖުމުލަ ހަ ޓީމަކުން މުބާރާތުގައި ވާދަކުރަމުންދާ އިރު، ގްރޫޕް ސްޓޭޖު ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ރޭ މަރަދޫން މަރަދޫފޭދޫ ބަލިކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ފުރަތަމަ ހާފުގައި ހުސައިން އައިކް ޖެހި ގޯޅުން މަރަދޫ ލީޑު ނެގި އިރު، ދެވަނަ ހާފުގައި އެޓީމު ފެނުނީ މާ ބޮޑަށްވެސް ޑޮމިނޭޓް ކޮށްގެން ކުޅުނުތަނެވެ. ހާއްސަކޮށް ފަހުކޮޅުގައި އިތުރު ތިން ގޯލް ޖެހިއެވެ.
އެޓީމުގެ މުހައްމަދު ސަހާއު އަލީ ދެ ގޯލް ޖެހި އިރު، އަނެއް ގޯލް ޖަހައިދިނީ ހުސައިން ޝިއުސްއެވެ.
މީދުއާއި ހުޅުމީދޫ 1-1 އިން އެއްވަރުވެގެން ނިމިގެން ގޮސްފައިވާ އިރު، މީދޫގެ ގޯލް ޖެހީ އަހުމަދު ސަބާހެވެ. ހުޅުދޫގެ ގޯލް މެޗުގައި ޖަހައިދިނީ އިބްރާހީމް ލީވާނެއެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް