ސިނަމަން ވެލިފުށި ރިސޯޓުގައި ބައިގެންދިޔަ ކުއްޖަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ ވ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެއިނދެ، ކުއްޖާ ބައިގެންދިޔަ މައްސަލައެއް އިއްޔެގެ ހެނދުނު 10 ޖެހި ފަހުން އެ އިދާރާ އަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.ފުލުހުން ބުނީ އެ މައްސަލައިގެ މައުލޫމާތު ލިބެމުންދާ ވަރަކުން މީޑިއާތަކާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ބަރުދަނުގައި ދެކިލޯ ހުރި އެ ކުއްޖާ މަރުވެފައި އޮއްވައި ފެނިފައިވަނީ އެ ރިސޯޓުގެ އެކޮމެޑޭޝަން ބްލޮކުގެ ޑަސްބިނަކުންނެވެ.

ކުއްޖާ ފެނުނުއިރު ވަނީ ކުނިވެފައެވެ.