ވ. އަތޮޅު ކުދަންބަރާ ކައިރީގައި އޮއްވައި މިއަދު އަލިފާން ރޯވި "ޔަސާވާ ޕްރިންސަސް" ސަފާރީގައި ތިބި އެންމެން ސަލާމަތުން އެ އަތޮޅު ފެލިދުއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ސަފާރީގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު 17:54 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދުއަށް ގެންގޮސްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި އަށް ފަޅުވެރިން ކަމަށެވެ. ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެން ފަތުރުވެރިން އަދި އަދި 12 އަންހެން ފަތުރުވެރިން ކަމަށެވެ. ފަޅުވެރިންގެ ތެރޭގައި ތިން ދިވެހިންނާއި ފަސް ބަންގްލަދޭޝް މީހުން އަދި ޖަރުމަނު މީހެއް ހިމެނޭ ކަމަށެވެ.
އެއިން އެއްވެސް މީހަކަށް އެ ހާދިސާގައި އަނިޔާއެއް ލިބުނު ކަމަށް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން އިތުރަށް ބުނީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އެމްއެންޑީއެފުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
އާއިޝަތު މާހާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ