ބަނގުރަލާއި މަސްތުވާތަކެއްޗާއެކު ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނީ މިމަހުގެ 15 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނެއްގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، ބަނގުރަލާއި މަސްތުވާތަކެތި ހޯދައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ތިން މީހުން ކަމަށްވާ ޓިނޯ ގަނެސަން (27އ) އާއި އަރުޖުން ކުއްޕަން (25އ) އަދި އަނީޝް ޕުޝްޕަކަރަން (33އ) އެވެ.
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަނުގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ އިރު، އެ އެޕާޓްމަންޓްތަކުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 12 ފުޅިއާއި ފަސް ލީޓަރުގެ ތިން ފުޅި އަދި 12 ޓައްޕު ފެނިފައިވާ ކަމަށެވެ.
އޭގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅަކާއި ރަބަރު ޕެކެޓަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތައް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފާތިމަތު ލިއުޝާ
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މިމީހުންމިތަކެތި ހޯދދައިއެތެރެކުރާގޮތެއްޕޮލިހުނށްނުހޯދެނީކީއްވެތޯއެވެ
އިއްބެ - 6 މަސް ކުރިން