ގުޅިފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްްޖެއެވެ.
ފުލުހުން މީޑިއާތަކަށް ދެންމެ ފޮނުވި މެސެޖެއްގައި ބުނީ ގުޅިފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރުފަހު 1:21 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި މަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ.
މަރުވެފައި އޮއްވައި ފެނުނު މީހާއަކީ، މުދާ ހިފައިގެން އެއާޕޯޓަށް ދަތުރުކުރި ބާޖަކުން މޫދަށް ވެއްޓި ގެއްލިފައިވާ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަލީ ޔާމިން
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް