އޮސްޓްރޭލިއާގެ ސިޑްނީގެ ބޮންޑީ ބީޗުގައި ތިބި ބަޔަކަށް ބަޑިން ހަމަލާދީ ހިންގި ޓެރަރިސްޓު ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ބޮންޑީ ބީޗުގައި ބަޔަކަށް ބަޑިން ހަމަލާދީފައިވަނީ އިއްޔެއެވެ. އެ ހަމަލާގައި 15 މީހުން މަރުވެފައިވާ އިރު، 38 މީހަކު ވަނީ ޒަހަމްވެފައެވެ. އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ އިރު، އެއީ ދެބަފައިން ކަމަށް އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް މުޖުތަމައެއްގައި ބަލައިގަނެވޭނެކަމެއް ނޫން ކަމަށާއި އޮސްޓްރޭލިއާއަށް ދިން ޓެރަރިސްޓު ހަމަލާ ކުށްވެރިކުރާ ކަމަށެވެ.
މިނިސްޓްރީން ބުނީ ހަމަލާގައި މަރުވި މީހުންގެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށާއި ޒަހަމްވި މީހުންނަށް އަވަސް ފަރުވާއަކަށް އެދޭ ކަމަށެވެ.
އޮސްޓްރޭލިއާއަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ އޮސްޓްރޭލިއާއެކު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި ބުނީ ހުރިހާ ބާވަތެއްގެ ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
މުހައްމަދު އިޝާން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ