ނ. ވެލިދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 80 ޕަސެންޓު ނިމިއްޖެއެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ އެ މަސައްކަތުގެ ދަށުން މިހާރު ކުރިޔަށްދަނީ ޖިއޯ ބޭގް ރިވެޓްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ.
ވެލިދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ ޖުލައި 23 ގައެވެ.
ވެލިދޫ ސިނާއީ ސަރަހައްދުގެ ބިންހިއްކުމުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން، އޮޑިދޯނިފަހަރު ބޭލުމާއި ފައިބަރު މަސައްކަތް ކުރުމަށްޓަކައި ރަށުގެ ހުޅަނގު ދެކުނު ފަރާތުން ބިން ހިއްކުމަށްފަހު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔާތްކުރުމަށް ހަމަޖެހިފައިވެއެވެ.
ފާތިމަތު ލިއުޝާ
ނ. ވެލިދޫ
ނ. ވެލިދޫ
ނ. ވެލިދޫ
ނ. ވެލިދޫ