ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ނ. ވެލިދޫއަށް ފަށައިފިއެވެ.
ވެލިދޫއަށް، ސީޕްލޭންގެ ދަތުރުތައް ފެށުމުގެ ގޮތުން އެ ރަށުގައި މިއަދުވަނީ އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، މޯލްޑިވިއަންގެ އިސްވެރިން އަދި ވެލިދޫގެ ރައްޔިތުން ބައިވެރިވިއެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފެށީ ވިޔަފާރީއެއްގެ ބޮޑަށް ދަތުރުފަތުރުކުރުމުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
ސީޕްލޭންގެ ހިދުމަތް ވެލިދޫއަށް ފެށުމުގެ ސަބަބުން ލޯކަލް ޓޫރިޒަމް މި ސަރަހައްދުގައި ކުރިއަރައިގެން ދިޔުމަށް ފަސޭހަވާނެކަމަށް އޭނާ ވިދާޅުވިއެވެ. ސީޕްލޭންގައި، ވެލިދޫއަށް ކުރާ ދަތުރުތަކުގެ އަގުވެސް ހެޔޮވާނެކަމަށް އިޔާސް ވިދާޅުވިއެވެ.
ޓިކެޓު އަގުތައް:
- ދިވެހިންނަށް ކޮޅަކަށް 999 ރުފިޔާ
- ފަތުރުވެރިންނަށް ކޮޅަކަށް 93 ޑޮލަރު
މޯލްޑިވިއަންއިން މިދިޔަ ޑިސެމްބަރުމަހުގެ ތިންވަނަ ދުވަހު ބުނެފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު، ވެލިދޫއަށް ސީޕްލޭންގެ ހިދުމަތް ފަށާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ އަހަރު ޖުލައި މަހުގެ 23 ވަނަ ދުވަހު ވެލިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ މި ޖެނުއަރީ މަހުގެ ތެރޭގައި ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކޮށް، ސީޕްލޭން އޮޕަރޭޝަން ފަށާނެ ކަމަށެވެ.
މުހައްމަދު އިޝާން
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު