ރާއްޖެ އައިއިރު، ލަގެޖުން މަސްތުވާތަކެތި ފެނުނު މީހަކު ހައްޔަރުކޮށް، ބަންދަށް ދެ ދުވަސް ޖަހައިފައެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ފަސިމް ސަހަފް އޮޑަކުންނަތު (22) އެވެ. ފުލުހުން، އޭނާއަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގެ ތުހުމަތެވެ.
ފުލުހުން އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށްފައިވަނީ އިއްޔެއެވެ. އޭނާ ކޯޓުގައި ބުނީ ލަގެޖް ލައިފައި ހުރި ޓްރޯލީއަކީ އޭނާގެ ޓްރޯލީއެއް ނޫން ކަމަށެވެ. އަދި ފުލުހުން ލަގެޖު ހުޅުވާފައިވަނީ އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަކުން ނޫންކަމަށް މި މައްސަލަ ތަހުގީގުކުރާ ފަރާތުން ބުނެފައިނުވާކަމަށް ފަސިމް ސަހަފް ބުންޏެވެ.
އަދި އޭނާ ރާއްޖެ އައިސްފައިވަނީ ކޮން ވައްތަރެއްގެ ވިސާއަކުންކަމެއްށވެސް ފުލުހުންނަށް ބުނެދެވިފައިނުވާކަމަށް ފަސިމް ސަހަފް ބުންޏެވެ.
މި މައްސަލަ ތަހުގީގުކުރާ ފަރާތުން ބުނީ ފަސިމް ސަހަފުގެ ޔޫރިން ޓެސްޓެއް ނުކުރާ ކަމަށާއި ފަސިމް ސަހަފު ރާއްޖެ އައިސްފައިވަނީ މުޅިން އަލަށް ކަމަށެވެ.
ދެ ފަރާތުން ދެއްކި ވާހަކަ އަޑުއެހުމަށްފަހު ކުރިމިނަލް ކޯޓުން ނިންމީ ފަސިމް ސަހަފުގެ ދެ ދުވަހަށް ބަންދުކޮށްފައެވެ.
މުހައްމަދު އިޝާން
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ދެދުވަސް ކަމެއް އެބަ އުޅޭ
އެނގިދާނެތާ - 6 މަސް ކުރިން