ބ. އޭދަފުށްޓަށް އުފަން މުހައްމަދު ފާސިރު (ފާއްޓޭ)، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.
ފާއްޓެއަކީ މީގެ ކުރިންވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ 2006 ވަނަ އަހަރު ކްލަބު އީގަލްސްއަށްވެސް ކުޅެފައެވެ. އޭގެ އިތުރުން 2008 ވަނަ އަހަރު ދެ ވަނަ ޑިވިޝަނުގައި ވާދަކުރި އޯލް ޔޫތު ލިންކް އޭޖް (އޭވައިއެލް)އިންވެސް ފާއްޓޭ ފާހަގަކުރެވިފައިވާ އިރު، ފާއްޓެ ފުރަތަމަ ޑިވިޝަނަށް ނުނުކުތީ ބޮޑު އަނިޔާއެއް ވުމުންނެވެ.
ފާއްޓެއަކީ އޭދަފުށިން ފެނިގެންދިޔަ އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އޭދަފުށްޓަށް ހޯދައިދިން ޓީމަށްވެސް މޮޅަށް ކުޅެފައެވެ.
މިދިޔަ އަހަރު ބޭއްވި ގޯލްޑް ކަޕްގެ ތަށިވެސް އޭދަފުށިން ހޯދި އިރު، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔަކީވެސް ފާއްޓެއެވެ.
ނިއުއިން މިހާތަނަށް މި ޓްރާންސްފާ ސީޒަނުގައި ރަނގަޅު ޓްރާންސްފާތަކެއް ކޮށްފައިވެއެވެ. އެގޮތުން، އެ ޓީމުން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު، މުހައްމަދު ފައިސަލްގެ ސޮއިވެސް ހޯދައިފައެވެ. އަދި، އީގަލްސްގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ) ލޯން އެއްބަސްވުމެއްގެ ދަށުން ގެންނަން ނިއު އިން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށްވެސް ހަބަރުތައް ބުނެފައިވެއެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު