ކަންނެލި ދޯންޏެއްގައި 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހީމް، އޭނާގެ ހުކުމް، ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ޝަހީބުގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފީ ނަމަވެސް އަދި އެ މައްސަލައާމެދު ހައިކޯޓުގެ ރަޖިސްޓްރާ ގޮތެއް ނިންމާފައިނުވެއެވެ.
ރާއްޖެއަށް 130 ކިލޯގެ ޑްރަގު އެތެރެކުރި މައްސަަލައިގައި ދެން ހިމެނޭ ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާގެ އިތުރުން އެކަމުގައި ބައިވެރިވި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝްގެ އިގުބާލުވެސް އުމުރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވެސް ދައުވާ އުފުލިއެވެ. ނަމަވެސް، ޖުވެނައިލް ކޯޓުން އެ ކުއްޖާގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ދައުވާގައި ހުކުމް އިއްވާފައިވަނީ، މައްސަލައިގެ އަޑުއެހުމަށް ޝަހީބު ހާޒިރުނުވެގެން، ފުލުހުން އާންމުންގެ އެހީއަށް އެދިފައިވަނިކޮށް އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ހައްޔަރުކޮށްގެންނެވެ.
މި މައްސަލައިގައި ޝަހީބު ފިލުވުމަށް އެހީތެރިވި ކަމުގެ ތުހުމަތުގައި އޭނާގެ އަންހެނުން ހައްޔަރުކުރިއެެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު