ހުޅުމާލޭގެ ބައެއް މަގުތައް ހެދުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފިއެެވެ.
އެޗްޑީސީގައި މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމެއްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. ރޮޓައިމް އިންޖީނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖޯވޭ ޑޮންގެއެެވެ.
އެޗްޑީސީން މިއަދު ބުނީ އެ އެއްބަސްވުމުގެ ދަށުން ރޮޓައިން އިންޖީނިއަރިންއިން ހުޅުމާލެ ފޭސް އެކެއް އަދި ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފުލެޓުތަކާ އިންވެގެން ހުންނަ މަގުތައް ހަދާނެ ކަމަށެވެ.
އެއްބަސްވުމުގެ ދަށުން މަރާމާތު ކުރާނީ ހަމައެކަނި ތާރުގަނޑު ހަލާކުވެފައިވާ މަގުތައް ކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން ޖުމްލަ 1.1 ކިލޯމީޓަރުގެ މަގުތައް ރޮޓައިމް އިންޖީނިއަރިންއިން ހަދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ރޮޓައިމް އިންޖީނިއަރިންއިން އެ މަސައްކަތް ކުރަން ފަށާނީ ފޭސް އެކަކުން ފެށިގެން ގޮސް ފޭސް ދޭކަށް ނިންމާ ގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެ.
މުހައްމަދު އިޝާން
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ