ފިނޭންސް މިނިސްޓްރީން، ހުޅުމާލެއިން 94.5 މިލިއަން ރުފިޔާއަށް ބޮޑު ބިމެއް ގަނެފިއެވެ.

ފިނޭންސް މިނިސްޓްރީން ގަނެފައިވަނީ ހުޅުމާލޭ އިންޖީނުގެ އަދި މަސް މާރުކޭޓު ހިމެނޭ ސަރަހައްދުން 25،011 އަކަފޫޓުގެ ބިމެކެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެ ބިން ފިނޭންސް މިނިސްޓްރީއަށް ވިއްކުމާ ގުޅިގެން ދައްކަންޖެހޭ ހުރިހާ ފައިސާއެއް މިހާރު ވަނީ އެއްކޮށް ދައްކައި ނިންމައިފައެވެ.

އަދި ބިމުގެ މިލްކުވެރިކަން ބަދަލުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ މިއީ ގާނޫނީ ގޮތުން ސައްހަ މުއާމަލާތެއް ކަމަށް ހުކުމްކޮށް، ބިން ރަޖިސްޓަރީ ކޮށްދީފައެވެ.