ސްޕެއިންގެ އެންމެ އިތުބާރު ކުޅުންތެރިޔާ، އައިޓާނާ ބޮންމަޓީގެ ފައި ބިންދައިގެން ގޮސް، ސްޕެއިން އަންހެން ގައުމީ ޓީމަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.
އުމުރުން 27 އަހަރުގެ ބޮންމަޓީއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާއެވެ. މިދިޔަ އަހަރުވެސް ބެލޮންޑިއޯ ހޯދި ބޮންމަޓީއަކީ އަންހެން ފުޓުބޯޅަ ތާރީހުގައިވެސް ޖެހިޖެހިގެން ތިން ފަހަރަށް ބެލޮންޑިއޯ ހޯދި ހަމައެކަނި ކުޅުންތެރިޔާއެވެ.
މި ސީޒަނުގައި ފުރަތަމަ ފަހަރަށް އަންހެން ނޭޝަންސް ލީގު ބާއްވާފައިވާ އިރު، ސްޕެއިނުން ފައިނަލުގައި އޮތީ ޖަރުމަނާ އެކުގައެވެ. ފައިނަލްގެ ފުރަތަމަ ލެގު، ގޯލެއް ނުޖެހި އެއްވަރުވެފައިވާ އިރު، އެމެޗުގައި ބޮންމަޓީ ކުޅެފައިވެއެވެ.
އެ ފައިނަލަށްފަހު ދެވަނަ ލެގަށް ސްޕެއިނުން ތައްޔާރުވަމުންދާ އިރު، ބޮންމަޓީއަށް އަނިޔާވީ ތަމްރީނުތަކުގައެވެ.
ސްޕެއިން ފެޑަރޭޝަނުން ބުނީ ބޮންމަޓީގެ ކަށިމަތިން ފިބިއުލާއިން ތަންކޮޅެއް ބިންދައިގެން ގޮސްފައިވާ ކަމަށާއި، އަނިޔާއިން ރަނގަޅުވުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ސްޕެއިން އިދާރާއިން ބުނީ ބޮންމަޓީގެ ރިކަވަރީ މަސައްކަތް ކުރިއަށް ގެންދަނީ އޭނާގެ ކްލަބު ބާސެލޯނާއާވެސް ގުޅިގެން ކަމަށެވެ.
ސްޕެއިން
ސްޕެއިން
ސްޕެއިން
ސްޕެއިން