ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގައި ގޯލްކީޕަރު ގައިގައި ޖެހި ވެއްޓުމާއެކު ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރީފްގެ ފޯވަޑް ޖީސަސް ޑި މިގޭލް މަރުވެއްޖެއެވެ.
އުމުރުން 30 އަހަރުގެ މުގޭލް މަރުވީ ޓެނެރީފުން އެފްސީ އެންޑޯރާއާ ދެކޮޅަށް ކުޅުނު މެޗުގައި، އެންޑޯރާގެ ގޯލްކީޕަރު ޖީސަސް އޮވޯނޯއާ ދެކުޅުންތެރިން ޖެހިގެން ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި މިގޭލްގެ މެއަށާއި ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ސްޕެއިނަށް ނިސްބަތްވާ މިގޭލްއަށް އަނިޔާވީ ހޯމަ ދުވަހުގެ ރޭ އެންޑޯރާއާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވި މެޗުގައެވެ. އެމެޗަށްފަހު އަނެއް ދުވަހު ކްލަބުން ބުނީ އޭރު މިގޭލް ސްޓޭބަލް ނަމަވެސް ނާޒިކު ހާލަތެއްގައި އޮތް ކަމަށެވެ. އޭނާ މަރުވިކަން ކްލަބުން ޔަގީން ކޮށްދިނީ މިއަދުއެވެ.
ޓެނެރީފުން ނެރުނު ބަޔާނެއްގައި ބުނީ ކްލަބަށް ލިބިފައިވާ ފުން ހިތާމައަކީ މުޅި އާއިލާއާއި މިގޭލް ދެކެ ލޯބިވާ އެންމެންނާވެސް އެކު ލިބިފައިވާ ހިތާމައެއް ކަމަށެވެ. އަދި އާއިލާއަށް މިވަގުތު ބޭނުންވާ ހުރިހާ އެހީތެރިކަމެއް ކްލަބުން ފޯރުކޮށްދޭނެ ކަމަށްވެސް އެ ކްލަބުން ބުނެފައިވެއެވެ.
މިގޭލް ދަނޑުމައްޗަށް ވެއްޓުނު އިރުވެސް އޮތީ ހަބަރު ހުސްވެފައެވެ. ދަނޑުމަތިން ފަރުވާ ދިނުމަށްފަހު އޭނާ އެމްބިއުލައިންސްގައި ގެންދިޔައީ ޓެނެރީފް ހޮސްޕިޓަލަށެވެ. ފުލުހުންނާ ހަވާލާ ދީ ނޫސްތަކުން ބުނީ އެމްބިއުލައިންސް ތެރޭގައި މިގޭލްއަށް ހާޓް އެޓޭކެއް ޖެހުނު ކަމަށެވެ.
މިގޭލްއަށް ފައުލް ކުރި ކަމަށް ބަލައި، ކީޕަރު އޮވޯނޯއަށް ރަތް ކާޑު ދައްކާފައިވާ އިރު، އެ ހާދިސާއާ ގުޅިގެން ކީޕަރު ވަނީ އިންސްޓަގްރާމް ޑިއެކްޓިވޭޓް ކޮށްލައިފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ކޮމެންޓް