މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދިޔަ "އަލިމަގު" އޮޕަރޭޝަންގެ މައުލޫމާތު މިއަދު މީޑިއާތަކަށް ހާމަކުރަން ފުލުހުން ނިންމައިފިއެވެ.
ފުލުހުން އެ މައުލޫމާތު ހާމަކުރުމަށް ނިންމާފައިވަނީ މިއަދު އިސްކަންދަރު ކޮށީގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ އޮޕަރޭޝަނަކީ ފުލުހުންގެ ތާރީހުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެގެން މުޅިރާއްޖޭގައި ކުރިއަށްގެންދިޔަ އެންމެ ބޮޑު އޮޕަރޭޝަނެވެ.
އެ ބޮޑު އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގައެވެ. އެ އޮޕަރޭޝަންގައި 100 ތަނެއް ބަލައިފާސްކުރަން 500 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވިއެވެ.
އެ އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ 110 މީހުން ހައްޔަރުކޮށް 23 މިލިއަން ރުފިޔާގެ ތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް