އެމްޑީޕީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރާނެ މީހަކު ކަނޑައެޅުން އެ ޕާޓީގެ ގައުމީ މަޖިލީހަށް ދޫކޮށްލައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވަމުން ގެންދިޔަ ފައްޔާޒު އިސްމާއިލް ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އެމްޑީޕީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފައްޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެން ޕާޓީގެ ހިންގުން ކުރިއަށް ގެންދާނެ ގޮތާއި އަދި މި ހިނދަށް ކޮންމެހެން ހަމަޖައްސަން ޖެހޭ ކަންކަމާމެދު ޕާޓީގެ ލީޑާޝިޕްގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށެެވެ.
އެ ބައްދަލުވުމުގައި ލަފާދީފައިވަނީ، ލީޑާޝިޕުން ވަކި ގޮތްތަކެއް ނިންމުމުގެ ބަދަލުގައި، ދެންނެވުނު ދެ މައްސަލައާމެދު ގައުމީ ހިންގާ ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، އެ ކޮމިޓީން ނިންމާ ގޮތެއް ގައުމީ މަޖިލީހަށް ހުށަހެޅުމަށްކަމަށް އެމްޑީޕީން ބުންޏެވެ.
"އެ ގޮތުގެ މަތީން، ދެންނެވުނު ދެ މައްސަލައާމެދު ގޮތެއް ނިންމުމަށް ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު ޕާޓީގެ ސެކްރެޓޭރިއަޓްގައި ބޭއްވި. މި ބައްދަލުވުމުގައި، ގައުމީ ހިންގާ ކޮމިޓީން ނިންމައިފައިވަނީ، ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިހާބު ކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް، ގައުމީ މަޖިލީހުން ކަނޑައަޅާ ފަރާތަކާ ވަގުތީގޮތުން ހަވާލު ކުރުމަށާއި އަދި، ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް، ވަރަށް އަވަހަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް ހުށަހެޅުމަށް" އެމްޑީޕީން ރޭ ބުންޏެވެ.
މުހައްމަދު އިޝާން
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ