ރާއްޖޭގައި ޑޮލަރު ހަރުނުލަނީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 90 ޕަސެންޓް ބޭރު މީހުންގެ އަތްމަތީގައި އޮތުމުން ކަމަށް އެމްޑީއޭގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަަންސިޔާމް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރިކުރައްްވާ ސިޔާމް ވިދާޅުވީ، ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހި ވިޔަފާރިވެރިން ފައިސާ ގެންނަނީ ރާއްޖެއަށް ކަމަށެެވެ.

އެހެންކަމުން އެ އިންޑަސްޓްރީގައި ދިވެހިންނަށް މަސައްކަތްކުރެވޭނެ މަގު ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަމަށާއި، ރިސޯޓް ހަދާނެ ރަށްތައް ދިވެހިންނަށް ދީ އެ ރަށްތައް ހެދޭނެ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

އެގޮތަށް ރިސޯޓް ތަރައްގީކުރަން ދިވެހިންނަށް ސަރުކާރުން އެހީވުމުންވާ ފައިދާގެ މިސާލެއްގެ ގޮތުން، ސިޔާމް ދެއްކެވީ އޭނާގެ އަމިއްލަފުޅު ރިސޯޓް ސިޔާމް ވޯލްޑް ހަދަން ލޯން ނަގަން ސަރުކާރުން ދިން ގެރެންޓީއެވެ.

ސިޔާމް ވިދާޅުވީ އެ ސޮވެރިން ގެރެންޓީ ދިނުމުގެ ސަބަބުން 13 މިލިއަން، 10 މިލިއަން ޑޮލަރު މި ހިސާބަށް ދައުލަތަށް ލިބިފައިވާ ކަމާށެވެ. މިއީ އާންމު 10 ރިސޯޓެއްގެ ޓެކްސްއަށް ދައްކާ ވަރަށްވުރެ ގިނަ އަދަދެއް ކަމަށްވެސް ވިދާޅުވިއެވެ.

ދެހާސް މުވައްޒަފުން އެ ރިސޯޓުގައި ތިބިކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ، ސަރުކާރުން ދިވެހި ވިޔަފާރިވެރިންނަށް އެހީތެރި ނުވާންވީ ސަބަބެއް ނެތް ކަމަށެވެ.

ސިޔާމް ވިދާޅުވީ އެގޮތަށް ދިވެހި ވިޔަފާރިވެރިންނާ މެދު ސަރުކާރުތަކުން ކަންތައް ނުކުރުމުން ރާއްޖޭގެ ހުރިހާ ރަށްތައް ބޭރުގެ ފަރާތްތަކަށް އެތައް އަހަރަކަށް މިލްކުވެގެންދާ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ފައިދާއަށްވުރެ ބޮޑަށް ގެއްލުންވާ ކަމަށް ވެސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންގެ އަތްމަތިން ބީވެގެން އެ ދިޔައީ 90 ޕަސެންޓް، މުޅި އިންޑަސްޓްރީގެ 90 ޕަސެންޓް ބޭރުގެ ގައުމުތަކުގެ ފޮރިން އިންވެސްޓްމެންޓްތަކަށް، މިއަދު ދިވެހިރާއްޖޭގައި ޑޮލަރު ހަރުނުވާ ވާހަކަ މިދައްކަނީ، ސަބަބަކީ އެއީ،"