ބޯންމައުތަށް ކުޅެމުންދާ ގާނާގެ ވިންގް، އެންޓޮއިން ސެމެންޔޯގެ އެއްބަސްވުމުގައިވާ 65 މިލިއަން ޕައުންޑްގެ ރިލީސް ފީ އެކްޓިވޭޓް ކުރުމަށް ކްލަބުތަކަކުން ލޯ އަޅަމުންދާ ކަމަށް ނޫސްތައް ބުނެފިއެވެ.
ސެމެންޔޯ، 25، އަކީ މިވަގުތު ޕްރިމިއާ ލީގުގައި ކުޅެމުންދާ އެންމެ ފޯމު ރަނގަޅު އެއް ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ މިހާތަނަށް ކުޅުނު 11 މެޗުގައި ހަ ގޯލް ޖަހައި، ތިން އެސިސްޓް ފުރިހަމަ ކޮށްފައިވެއެވެ. އޭގެ އިތުރުން މިދިޔަ ސީޒަނުގައިވެސް އޭނާ ވަނީ 13 ގޯލް ޖަހައިފައެވެ.
ބީބީސީ ސްޕޯޓްސްއިން ބުނީ ސެމެންޔޯ އެންމެފަހުން ބޯންމައުތާއެކު ހެދި އެއްބަސްވުމުގައި ހިމެނޭ އެއް މާއްދާއަކީ 65 މިލިއަން ޕައުންޑްގެ ރިލީސް ފީ ކަމަށެވެ. އެ މާއްދާ އެކްޓިވޭޓްކޮށް، ސެމެންޔޯ ގަންނަން ބޭނުންވާނަމަ، އެ ކްލަބަކުން ޖެނުއަރީ ޓްރާންސްފާ ސީޒަނުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި އެ ޓްރާންސްފާ ފުރިހަމަ ކުރުމަށްވެސް މާއްދާގައި ބުނާ ކަމަށް ނޫސްތައް ބުނެއެވެ.
ސެމެންޔޯގެ އެއްބަސްވުމުގައިވާ ރިލީސް ފީ، ޖެނުއަރީ ޓްރާންސްފާގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި އެކްޓިވޭޓް ކުރެވޭނެ ގޮތަށް އެއްބަސްވެފައިވަނީ، އޭނާ ބޯންމައުތު ދޫކޮށްލައިފިނަމަ، އެ ކްލަބަށް އެހެން ކުޅުންތެރިޔަކު ގަންނަން ވަގުތު ހޯދުމަށް ކަމަށްވެސް ނޫސްތައް ބުނެއެވެ.
ހަބަރުތައް ބުނެފައިވަނީ ސެމެންޔޯގެ އެއްބަސްވުމުގައިވާ ރިލީސް ފީ އެކްޓިވޭޓް ކުރުމަށް ޓޮޓެންހަމްއާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން އިޓަލީ ލީގުގެ ކްލަބުތަކަކުންވެސް ބަލަމުންދާ ކަމަށެވެ.
ސެމެންޔޯ 2017 ވަނަ އަހަރު ބްރިސްޓަން ސިޓީއާ ގުޅިފައިވާ އިރު، އޭގެ ފަހުން ލޯން އެއްބަސްވުންތަކުގައި އެހެން ކްލަބުތަކަށް ކުޅުނެވެ. އެއަށްފަހު، ޖެނުއަރީ 2023 ގައި ބޯންމައުތަށް ސޮއިކުރީ އެންމެ 10 މިލިއަން ޕައުންޑްގެ އަގަކަށެވެ.
މިދިޔަ ސީޒަނުގެ ލީގު ތާވަލުގެ ނުވަ ވަނައިގައި ބޯންމައުތު ނިންމާލި އިރު، އެ ކްލަބުން ވަނީ ހޫނު މޫސުމުގެ ޓްރާންސްފާތަކުންވެސް 150 މިލިއަން ޕައުންޑްގެ އާމްދަނީއެއް ހޯދައިފައެވެ. އެއީ އިލިއާ ޒަބާންޔީއާއި މިލޯސް ކާކޭޒް އަދި ޑީން ހުއިސެން ވިއްކާލައިގެންނެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް