ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު މަރުވެއްޖެއެވެ.
ހުޅުމާލޭ ފޭސް ދޭއްގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަރުވެފައިވަނީ ކ. ދިއްފުށި، ލައިޓް ގާޑެން، އިސްމާއިލް ރަޔާން ބިން ނާޒިމް (19އ) އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ ފޭސް ދޭއްގެ ނިކަގަސް މަގުގައި ދެ ސައިކަލު ޖެހިގެން ކަމަށެވެ. އެ ހާދިސާގައި އިތުރު ދެ މީހަކަށް ވެސް އަނިޔާވެގެން އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ ނިކަގަސްމަގުން ވަންވޭއާ ހިލާފަށް ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް އެމަގަށް އެޅި އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ.
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް