އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން މިމަހު 18 ވަނަ ދުވަހު، ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ކްލަބް ވެލެންސިއާގެ އީތަން އިބްރާހިމް ޒަކީއާއި ބުރު ސްޕޯޓްސް ކްލަބްގެ ތޯއިފް ގާސިމް އަދި ކްލަބް އީގަލްސްގެ މުހައްމަދު އަޝްވާން އަށް ފުރުސަތު ދީފިއެވެ.
ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެ، މުހައްމަދު ޝިޔާޒް (މޯހަން) ފުރަތަމަވެސް ބުނެފައި ވަނީ ލީގު މެޗުތަކަށް ބަލައި، ގައުމީ ޓީމަށް ބަދަލު ގެންނާނެ ކަމަށާއި، އާ ކުޅުންތެރިންތަކެއް ގައުމީ ޓީމަށް ބޭނުންވާ ކަމަށެވެ. އަދި އެ ކުޅުންތެރިން ޓީމަށް ހާނުވަން އެކުވެރިކަމުގެ މެޗުތައް ބޭނުންވާ ކަމަށްވެސް މޯހަން ވަނީ ފާހަގަ ކޮށްފައެވެ.
ކުރިއަށް އޮތީ އެކުވެރިކަމުގެ މެޗެއް ނޫން ނަމަވެސް، ލީގުގެ ފޯމަށް ބަލައި އާ ކުޅުންތެރިންނަށް ކޯޗު މޯހަން ވަނީ ފުރުސަތު ދީފައެވެ. އެގޮތުން އުމުރުން އެންމެ 16 އަހަރުގެ އީތަންއަކީ މީގެ ކުރިން ޔޫތު ލެވެލްގައި ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.
އީތަން މިވަގުތު ވެލެންސިއާގެ ކެޕްޓަންކަމުގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ އިރު، ކްލަބުން ހޯދި މޮޅުތަކުގައި އެންމެ ބޮޑީ އޭނާގެ ހިއްސާއެވެ.
ތޯއިފަކީ ބުރަށް ކުޅެމުން އަންނަ ފުލް ބެކެކެވެ. މިހާތަނަށް ސީޒަން ފަށައިގެން ކުޅުނު ހުރިހާ މެޗެއްގައި ކަހަލަ ގޮތަކަށް އޭނާގެ ފޯމު ފެނުނީ އެއްވަރެއްގައެވެ.
ދެން އަލަށް ގައުމީ ޓީމަށް ނެގި ކީޕަރު އަޝްވާނަކީ އީގަލްސްގެ ކޯޗުކަމާ އަބްދުﷲ ހަނީފް (ބެންޖޯ) ހަވާލުވިފަހުން ކުޅުނު ހަތަރު މެޗުގައިވެސް މޮޅަށް ކުޅުނު ކީޕަރެކެވެ. އޭގެ ތެރެއިން އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް އީގަލްސްއިން ކުޅުނު މެޗުތަކުގައި އަޝްވާން ވަނީ ކްލީންޝީޓްވެސް ދަމަހައްޓައިފައެވެ. އޭގެ ތެރެއިން އޮޑި މެޗުގައި މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ.
ފިލިޕީންސް މެޗަށް ނެގި ސްކޮޑު
ސަމޫހު އަލީ (ސަމުއްޓެ)
ހުސެއިން ޝަރީފް / ކީޕަރު
އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)
އިބްރާހިމް އައިސަމް
ހައިޝަމް ހަސަން
ހަމްޒާ މުހައްމަދު (ހަމްޕު)
ނާއިޒް ހަސަން (ދާދު)
މުހައްމަދު އިރުފާން
އަލީ ފާސިރު (ސެންޓޭ)
އަހުމަދު އައިހަމް
އީތަން އިބްރާހިމް ޒަކީ
ހަސަން ނަޒީމް (ޗޯޓު)
އިބްރާހިމް އުސާމާ ހަސަން މަޖީދު
އަހުމަދު ރިޒުވާން (ރިޒޭ)
ހުސެއިން ނިހާން (ނިހާޓް)
އަހުމަދު އައިހަމް (އައިހު)
ހަސަން ރާއިފް އަހުމަދު (ހަންނަ)
ހަސަން ޝިފާޒް
އަހުޒަމް ރަޝީދު
މުހައްމަދު ފައިސަލް / ކީޕަރު
މުހައްމަދު އިލާން އިމްރާން
ހިސާމް ސަލީމް (ކޮކީ)
ތޯއިފް ގާސިމް
މުހައްމަދު އަޝްވާން / ކީޕަރު
ހަސަން ހައިޝަމް ހާމިދު
މުޙައްމަދު ޝަމްޢޫން
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު