ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން 206 މަޝްރޫއެއްގެ މަސައްކަތް 53 ކުންފުންޏަކާ ހަވާލުކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށްކަމަށް ބުނެ ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވަން އެމްޑީޕީން ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފިއެވެ.
އެ 53 ކުންފުންޏަށް ހަވާލުކުރި މަޝްރޫއުތަކުގެ އަގު ޖުމުލަ 2.7 ބިލިއަން ރުފިޔާއަށް އަރައެވެ.
އެމްޑީޕީން ރޭ ދަނޑިކޮށި ޖަގަހައިގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ ސަރުކާރުން އެ މަޝްރޫއުތަކުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ އެއްވެސް ވަރެއްގެ ހާމަކަމެއް ނެތި ކަމަށެވެ.
ސަލީމް ވިދާޅުވީ ބިޑު ކުރުމެއް ނެތި އެފަދަ ގިނަ މަޝްރޫއުތަކެއް ހަވާލުކުރުމަކީ މާލިއްޔަތު ގަވާއިދުގެ ދަށުން ކުރެވޭނެކަމެއް ނޫންކަމަށްވުމުން މާލިއްޔަތު ގާނޫނާ ހިލާފަށް، މާލިއްޔަތު ގަވާއިދު ބަދަލުކޮށްފައިވާ ކަމަށެވެ.
އެހެންވެ އެ އެއްބަސްވުންތައް ބާތިލުކުރަންޖެހޭކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި އެ މައްސަލަ ބަލަންޖެހޭނެ ކަމަށާއި މަޝްރޫއުތައް ހަވާލުކުރުމާ ގުޅިގެން އެޅެންހުރި ގާނޫނީ ފިޔަވަޅުތައް އެޅުމަށްވެސް ސަލީމް، ވަނީ ގަރާރުގައި ހިމަނައިފައެވެ.
އެ ގަރާރު ގައުމީ މަޖިލީހުގެ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މުހައްމަދު އިޝާން
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ