ގއ. ވިލިނގިލީގައި ސައިކަލަކާއެކު ގެއެެއްގެ ފާރުގައި ޖެހި އެކްސިޑެންޓުވި ޒުވާނަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު "ވަން"އަށް ބުނީ ވިލިނގިލީގައި ރަށުތެރެ ޕެޓްރޯލްކުރަމުންގެންދިޔަ ފުލުހުންނަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ 01:25 ހާއިރު އެ ރަށު ސަމުގާ މަގުގައި ސައިކަލަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ ވެއްޓިފައިވަނީ ގެއެެއްގެ ފާރުގައި ޖެހި އެކްސިޑެންޓުވެގެން ކަމަށާއި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު މަރުވެފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ، އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ގެނެސް ފަރުވާދެމުންދަނިކޮށެވެ. އެ އެކްސިޑެންޓުގައި މަރުވީ ވިލިނގިލި، ސޯސަން ވިލާ، ވިކާޝް އަހުމަދު (26އ) އެވެ.
ފުލުހުން އަންނަނީ އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ފާތިމަތު ލިއުޝާ
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް