ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅު ތިންވަނަ މެޗުގައި ނޮޅިވަރަމުން، އެ އަތޮޅުގެ ހޯސްޓް ކުޅުދުއްފުށި ކައިރިން މުހިއްމު މޮޅެއް ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ކުޅުދުއްފުށި ކައިރިން ނޮޅިވަރަމް މޮޅުވި 1-0 ގެ ނަތީޖާއަކުންނެވެ. އެމެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ނޮޅިވަރަމުގެ ހަމައެކަނި ގޯލް ޖަހައިދިނީ ޝާފިއު މުހައްމަދެވެ.
މިއަދުގެ މެޗަށް ނުކުތް އިރު، ނޮޅިވަރަމުން އޮތީ ފުރަތަމަ ކުޅުނު މެޗުގައި ހަނިމާދޫ ކައިރިން 3-0 އިން ބަލިވެފައެވެ. އަނެއްކޮޅުން ކުޅުދުއްފުށި އޮތީ އެޓޯލް ޗެމްޕިއަންޝިޕް ފެށުމަށް ކުޅުނު މެޗުގައި ނެއްލައިދޫ ކައިރިން 4-2 އިން މޮޅުވެފައެވެ.
އެޓޯލް ޗެމްޕިއަންޝިޕަކީ ތިންވަނަ ޑިވިޝަނުގެ ގޮތުގައި ފުޓުބޯޅަ ޕިރަމިޑުން ކަނޑައަޅާފައިވާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން ބުރަށްފަހުއެވެ. ރީޖަނަލް ލީގަކީ ދެވަނަ ޑިވިޝަނެވެ.
ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން އަތޮޅު މުބާރާތްތައް ފަށާފައިވާ އިރު، ރީޖަނަލް ލީގުތަކުން ރާއްޖޭގެ ފުރަތަމަ ޑިިވިޝަނަށް އެރޭނެ މަގު މިހާރު ވަނީ ތަނަވަސް ކޮށްފައެވެ.
ހދ. އަތޮޅުގެ މުބާރާތުގައި މާދަމާވެސް މެޗެއް އޮންނާނެއެވެ. ވާދަކުރާނީ ނެއްލައިދުއާއި ހަނިމާދުއެވެ.
މުޙައްމަދު ޝަމްޢޫން
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް