ލޮރެންޒޯ ސްޕޯޓްސް ކްލަބުގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކުރި ހޯދައި، ބިސް ބުރު ސްޕޯޓްސް ކްލަބުން މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ޖާގައެއް ހޯދައިފިއެވެ.
ދިވެހި ފުޓްބޯޅައިގެ އޮނިގަނޑަށް ގެނައި ބޮޑު ބަދަލަކާއެކު މިހާރު ފުޓުބޯޅަ ކުޅެމުން ދަނީ ހަތަރު ރީޖަނަކަށް ބަހާލައިގެންނެވެ. އެއީ ނޯތު، ސެންޓްރަލް، ސައުތު އަދި މާލެ ރީޖަނަށެވެ. ކޮންމެ ރީޖަނަކުންވެސް ޗެމްޕިއަން ޓީމު، ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މުބާރާތުގައި ވާދަކުރާ އިރު، މާލެ ރީޖަން ލީގަކީ މީގެ ކުރިން ދެވަނަ ޑިިވިޝަނުގެ ގޮތުގައި ކުޅެމުން އައި މުބާރާތެވެ.
ކޮލިފިކޭޝަން މުބާރާތުގައި ރީޖަނަލް ޗެމްޕިއަނުންގެ އިތުރުން ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނައާއި އަށް ވަނައަށް ދިޔަ، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރާނެއެވެ.
ހަ ޓީމު ވާދަކުރާ ކޮލިފިކޭޝަންގެ ތެރެއިން ގަދަ ހަތަރު ޓީމަށް، ދިވެހި ޕްރިމިއާ ލީގު 2026-2027 ގެ ޖާގަ ލިބޭނެއެވެ.
ބިސް ބުރުން މާލެ ރީޖަންގެ ޗެމްޕިއަންކަން ހޯދީ، ދެވަނަ ބުރުގެ މެޗުތައް ނިމުނު އިރު ތާވަލުގެ ދެވަނައިގައި އޮތް ކްލަބް ޕީކޭއަށް ވުރެ ގޯލު ތަފާތުން ކުރި ހޯދައިގެންނެވެ. ދެ ޓީމަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވީ ނަމަވެސް، ބިސް ބުރު ކުރިހޯދީ ފައިދާ ތިން ގޯލުގެ ތަފާތާއެކުއެވެ. ޕީކޭގެ އޮތީ ފައިދާ އެންމެ ގޯލެކެވެ.
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް