ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއްޔެ ފަށާފައިވާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅު ދެވަނަ މެޗުގައި ހިނަމާދޫން 3-0 އިން ނޮޅިވަރަމް ބަލިކޮށްފިއެވެ.
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތެއްގެ ގޮތުގައި އިއްޔެ ފެށީ ހދ. އަތޮޅު މުބާރާތެވެ. އެ އަތޮޅުން ބައިވެރިވެފައި ވަނީ ކުޅުދުއްފުއްޓާއި ނެއްލައިދޫ، ހަނިމާދޫ އަދި ނޮޅިވަރަމެވެ.
ކުޅުދުއްފުށިން އިއްޔެ ކުޅުނު މެޗުގައި ނެއްލައިދޫ ބަލިކޮށްފައިވާ އިރު، މިއަދުގެ މެޗުގައި ހަނިމާދޫގެ ގޯލްތައް ޖަހައިދިނީ މުހައްމަދު ހާލިދާއި ނަސްރުﷲ ތޯހާއެވެ. ހާލިދު ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.
އެޓޯލް ޗެމްޕިއަންޝިޕަކީ ތިންވަނަ ޑިވިޝަނުގެ ގޮތުގައި ފުޓުބޯޅަ ޕިރަމިޑުން ކަނޑައަޅާފައިވާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން ބުރަށްފަހުއެވެ. ރީޖަނަލް ލީގަކީ ދެވަނަ ޑިވިޝަނެވެ.
ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން އަތޮޅު މުބާރާތްތައް ފަށާފައިވާ އިރު، ރީޖަނަލް ލީގުތަކުން ރާއްޖޭގެ ފުރަތަމަ ޑިިވިޝަނަށް އެރޭނެ މަގު މިހާރު ވަނީ ތަނަވަސް ކޮށްފައެވެ.
ހދ. އަތޮޅުގެ މުބާރާތުގައި މާދަމާ މެޗެއް ނޯންނާނެއެވެ. އަނެއް ދުވަހު އޮންނަ މެޗުގައި ނޮޅިވަރަމުން ނުކުންނާނީ ކުޅުދުއްފުއްޓާ ދެކޮޅަށެވެ.
މުޙައްމަދު ޝަމްޢޫން
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް