ޅ. ކުރެންދޫ ބަނދަރު ތަރައްގީގެ އަމަލީ މަސައްކަތް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ.
އެމްޓީސީސީން އެމަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްދޫ ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.
އެ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކަޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރު އަބްދުﷲ މުއްތަލިބް އެވެ. އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީއާއި ކުރެންދޫ ކައުންސިލުގެ މެންބަރުން އަދި ސަރުކާރު އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 53.36 މިލިޔަން ރުފިޔާއަށް 450 ދުވަހުން ނިންމާ ހަވާލުކުރާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 36،363 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން.
- 63 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން.
- 415 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން.
- 243 މީޓަރު ދިގު ދެ މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުން.
- 60 މީޓަރު ދިގު ދެ މީޓަރު އާރްސީ ޖެޓީއެއްހެދުން.
ފާތިމަތު ލިއުޝާ
ޅ. ކުރެންދޫ
ޅ. ކުރެންދޫ
ޅ. ކުރެންދޫ
ޅ. ކުރެންދޫ