ރޭ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭޭ)އިން ޑޮލަރުތަކެއް ފޭރުނު މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުން ފިލަން ބޭނުން ކުރި ލޯންޗު ފުލުހުން ހޯދައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ވީއައިއޭގެ ޓާމިނަލް-1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކު ގެންގުޅު ފައިސާ ހުރި ސޫޓު ކޭހެެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ މައްސަލައެއް ރޭ ފަތިހު 4:45 އެހާކަންހާއިރު، ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އާ ޓާމިނަލްގައި ޑޮލަރު ކައުންޓަރެއް ހުންނައިރު މި ޑޮލަރުތަކަކީ އެތަނަށް ގެންދިޔަ ޑޮލަރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފޭރިގަތް ޑޮލަރުގެ އަދަދު 100،000 އަށްވުރެ ގިނަ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެކަން ބީއެމްއެލުންވެސް އަދި ފުލުހުންވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި، އެ މުވައްޒަފުން އަތުން ފައިސާ ފޭރުނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު، ވަޅީން ބިރު ދެއްކުމަށް ފަހުއެވެ. އެކަން އެ މީހުން ކުރީ އެއާޕޯޓުގެ ސެކިއުރިޓީންވެސް ތިއްބައި ކަމަށް އެނގިފައިވެއެވެ. ނަމަވެސް ފުލުހުން ބުނެފައިވާ ގޮތުގައި ޑޮލަރުތައް ގެންދިއުމުގައި ބީއެމްއެލުން ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި، މުވައްޒަފުންގެ އަތުން ފައިސާ ފޭރުނީ، ބާ ޓާމިނަލުން އާ ޓާމިނަލަށް ވަންނަން އޮންނަ ވޯކްވޭ ތެރެއިންނެވެ. ފޭރިގަތް މީހުން ހުއްޓުވަން އެ ސަރަހައްދުގައި މަސައްކަތްކުރި އޭވިއޭޝަން ސެކިއުރިޓީ އޮފިސަރެއްގެ ގަޔަށް އެ މީހުން ޕެޕަ ސްޕްރޭ ޖެހިކަންވެސް އެނގިފައިވެއެވެ. އެހެންނަމަވެސް މިކަން ވަނީ މުޅީން ކަށަވަރު ނުވެފައެވެ.
ޑޮލަރު ހުރި ސޫޓު ކޭސް ފޭރިގަތުމަށް ފަހު ވަގުން ލޯންޗަކަށް އަރައިގެން ފިލާފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވެއެެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއާޕޯޓުގައި ހިނގި ފޭރުމާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގުގައި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން، ކުށް ކުރުމަށް ބޭނުންކުރި ލޯންޗު ހޯދައި ތުހުމަތު ކުރެވޭ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ އެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށްގެންދާ ގޮތަށް ތައުރީފުކުރައްވައިފައެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް