ހުޅުމާލޭގައި ދެ ސައިކަލު ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހާލު ސީރިއަސްވި ހަތަރު މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައިކަން ކަށަވަރުވެއްޖެއެވެ.
ރޭ ދަންވަރު 02:55 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެ ދަނީ ފަރުވާދެމުންނެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި އޭގެ ތެރެއިން ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. އެއީ ދެ ސައިކަލުގައި ތިބި ދެ މީހަކަށެވެ.
ފުލުހުން މިއަދު ބުނެފައިވަނީ މި ހާދިސާގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ އެއް ސައިކަލަކަށް ތިން މީހުން އަރައިގެން ވަންވޭއާ ހިލާފަށް ދަތުރުކުރަނިކޮށް ކަމަށެވެ. އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށާއި އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
ކޮމެންޓް